ދަރުމަވަންތަ ސްކޫލު ހުޅުވަން ކައިރިވާތީ މާލޭ ޖަލުން ގައިދީން ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އަންނަ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރު، ދަރުމަވަންތައިގެ އާ އިމާރާތުގައި ކިޔެވުން ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދަރުމަވަންތަ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަމަޖެހިފައި ވަނީ މާލޭ ޖަލު ހުރި ބިމުގަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މާލޭ ޖަލުގައި ތިބި ގައިދީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފެށިޔަސް އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
މިހާރު މާލޭ ޖަލު ބޭނުންކުރަނީ ޓްރާންސިޓް ޖަލެއްގެ ގޮތުގަ އާއި ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ ބައެއް ގައިދީން ބޭތިއްބުމަށެވެ.
ދަރުމަވަންތަ ސްކޫލް އިމާރާތްކޮށްފައި ވަނީ އެއްދަންފަޅިއަކަށް ކިޔަވައިދެވޭ ގޮތަށެވެ. އެގޮތުން އެ ސްކޫލްގައި 41 ކްލާސްރޫމް ހުންނާނެ އެވެ. އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީއަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި
އީރާނެކޭ އެއްފަދައިން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން މުހިއްމު
