ތުންފަތް ހިކި ހަންފޮޅެން ދިމާވެދާނެ ބައިވަރު ސަބަބުތައް ހުރެ އެވެ. އޭގެ ތެރެއިން އެންމެ އާއްމު ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މޫސުން ބަދަލުވުން ހިމެނެ އެވެ.
ކޮންމެ ސަބަބަކާ ލައިގެން ވިޔަސް މިއީ ބައެއް ހާލަތްތަކުގައި ލަދުވެތި ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް އޮތް ބައެއް ގެވެށި ފަރުވާ ތަކަށެވެ.
ކާށި އަދި މާމުއި
އޯގާނިކް މާމުއި އަދި ކާށިތެޔޮ ހޯދުމަށްފަހު ކުޑަ ބްރައުންޝުގާ ކޮޅަކާއި ތާފަނާ ފެންފޮދަކާއެކު އެއްކުރާށެވެ. ދެން ތިންމިނެޓް ވަންދެން ތުންފަތުގައި އުނގުޅާފައި ދޮވެލާށެވެ. މި ސްކްރަބް އިން ތުންފަތުގައި މަރުވެފައިވާ ހަންތައް ނެއްޓި ތާޒާކޮށް ތުންފަތް ދައްކާނެ އެވެ.
ކޮފީ އަދި މާމުއި
ކޮފީއާއި މާމުއި އެއްކުރުމަށްފަހު މި ޕޭސްޓުން ދެ މިނެޓް ވަންދެން ތުންފަތް މަސާޖް ކޮށްލާށެވެ. އަދި އިތުރު ތިން މިނެޓް ވަންދެން ތުންފަތް ނުދޮވެ މަޑުކޮށް ލުމަށްފަހު ދޮވެލާށެވެ. ތުންފަތް ތާޒާކޮށް ހައިޑްރޭޓް ކޮށް ދޭނެ އެވެ.
ފިނިފެންމާ ފިޔަ އަދި ކިރު
ފިނިފެން މަލުގެ ފިޔަކޮޅަކާއި ކިރުފޮދެއް ގްރިންޑަރަކުން އޮލަކޮށް ހުންނަ ވަރަށް ފުނޑާލާށެވެ. އެއަށްފަހު ތުންފަރުގައި މި ސްކްރަބް އުނގުޅާފައި މިނެޓެއް ހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ދެން ލިޕްބާމެއް އުނގުޅަފައި ބަހައްޓާށެވެ.