ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް "ވަގަށް" ގޮވާ ޗެނަލް 13 އިން ގެނެސްދިން ލަވަތަކެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އިން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ގެނެސްދިން "ކަނޑުފޭރޭ ޗޯރު"، "ފެލާާލައިފި"، "ލުޓޭރު އިބުރޭ" ލަވަތައް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު މަންޒަރާ އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ބްރޯޑްކޮމް އިން ބުނީ އެ މައްސަލަ ބަލާ ވަކި ފޮތެއް އަންގަންދެން އެ ލަވަތައް ބްރޯޑްކާސްޓް ނުކުރުމަށް އަންގާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުންތަކެއްގެ ހިއްސާ އޮންނަ ޗެނަލް 13 އިން ގެނެސްދިން އެ ލަވަތަކަކީ ޗާގޯސް މައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ ގެނެސްދޭ ލަވަތަކެކެވެ.
އެ ލަވަތަކުގައި ވަރަށް ފާޅުގައި ރައީސް ސޯލިހު އަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައިވެ އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި
ހަންކެނޑެ ތަރައްގީކުރަން ރައީސް ކުންފުންޏެއް އުފައްދަވައިފި
