ދުނިޔޭގެ އެންމެ އިސް ދަރިވަރު އޭނާގެ ތައުލީމު ފެށިތާ ފަސް ދަހަރު ފަހުން އުމުރުން 71 އަހަރުގައި އެންމެ ފަހުން ދަސްވެނި ވެއްޖެ އެވެ.

އެމެރިކާއަށް ނިސްބަތްވާ އާރްތާ ރޮސް އެންމެ ފުރަތަމަ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާއަށް ވަނީ 1969 ވަނަ އަހަރު އިނގިރޭސި ބަހުގެ ޑިގްރީއެއްގަ އެެވެ. ނަމަވެސް އޭގެ ފަހުން ތިއޭޓަރަށް އޭނާގެ ޝައުގުވެރިކަން ބަދަލުވެ އާޓްސް ރޮނގުން ކިޔަވަން ފެށި އެވެ.

ތިއޭޓާ ކިޔަވަން ފެށިތާ ހަތަރު އަހަރު ފަހުން އެ ދާއިރާގައި އޭނާއަށް މާބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ނިންމައި ގާނޫނީ ދާއިރާއަށް ވަނެވެ. އެއަށްފަހު އެ ދާއިރާގެ ވަޒީފާއެއްގައި އުމުރުގެ ބޮޑުބައި ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު ވަޒީފާއިން މުސްކުޅި ކުރެވުނެވެ.

ވަޒީފާއިން ވަކިވުމަށްފަހު އޭނާގެ ކުރީގެ ޔުނިވާސިޓީއަށް ވަދެ ނުނިމި އޮތް ކޯސް ނިންމުމުގެ މަސައްކަތް ފެށި އެވެ. ޕާޓް ޓައިމް ދަރިވަރެއްގެ ގޮތުގައި މިފަހަރު އޭނާގެ ތައުލީމު ކުރިއަށް ގެންދިޔައީ ތާރީހުގެ ރޮނގުން ފުރަތަމަ ބޮޑު ހަނގުރާމައަށް ހާއްސަ ވެވިގެންނެވެ.

އޭގެ ފަސް އަހަރު ފަހުން އާރްތާ މިވަނީ ކޯސް ފުރިހަމަ ކޮށް ދަސްވެނިވެފަ އެވެ. އެއާއެކު އޭނާ ވެފައިވަނީ އެންމެ ގިނަ ދުވަހުން ކޯހެއް ފުރިހަމަކުރި ދަރިވަރުގެ ރެކޯޑު ލިބިފަ އެވެ.

އާރްތާ ބުނި ގޮތުގައި އޭނާ ދަސްވެނިވުމުގެ ކުރިން އޭނާގެ ހުރިހާ ކާފަ ދަރިންގެ ދަސްވެނި ވުމުގެ ހަފްލާތަކަށް ގޮސްފައިވާ ކަމަށެވެ.