ތައިރޮއިޑް ގްލޭންޑް އަކީ ކޮކަލެއްގެ-ބައްޓަމަށް ކަރުގެ ކުރިމަތިން ތިރީގައި އިންނަ ގޮށެކެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ ކުރިމަތިން މެދެއްހާ ހިސާބުން ހަމާއި މަސްފަށަލައިގެ ދަށުން ވައިނޮޅީގެ ކުރިމަތިންނެވެ ތައިރޮއިޑް ގްލޭންޑް ނިވާކުރެވި ފޮރުވިފައިވަނީ ސްޓްރެޕް މަސަލްސް އޭ ކިޔާ ފަތި މަސްކޮޅު ތަކަކުންނެވެ.

ތައިރޮއިޑް ގްލޭންޑަކީ ހަށިގަނޑުގައި އުފައްދާ މުހިއްމު ހޯމޯނެއް އުފައްދާ ގުނަވަނަކަށް ވުމާއެކު އެ ގުނަވަނުގެ ބަލިތަކަކީ ސަމާލުކަން ދޭން ޖެހޭނެ ބަލިތަކެކެވެ. ޑޮކްޓަރީ ބޭހުގެ އިތުރުން ގޭގައި ކުރެވޭ ބައެއް ފަސޭހަ ފަރުވާތަކުން ވެސް މިފަދަ ބަލިތަކަށް ލުއި ލިބޭނެ އެވެ.

މުރަނގަތޮޅީގެ ކެއުންތައް

ހޯދުންތަކުން ދައްކާގޮތުގައި މުރަނގަތޮޅިއަކީ އޭގައި ގިނަ އަދަދަކަށް އަޔޮޑިންގެ މާއްދާ އެކުލެވިފައިވާ ތަރުކާރީ އެކެވެ. އެހެންކަމުން މުރަނގަތޮޅި އެކުލެވޭ ކާނާ ކެއުމުން ހަށިގަނޑުގައި އަޔޮޑިންގެ އުފައްދާވަރު ރަނގަޅު ކޮށްދީ ތައިރޮއިޑްގެ ބަލިތަކުން ދުރުކޮށްދެ އެވެ.

ކޮތަނބިރި ފަތް އަދި ދިރި

ކޮތަނބިރި ފަތަކީ ދުޅަ ތިރި ކޮށްދިނުން މަގުފަހި ކޮއްދޭ ބާވަތެކެވެ. ތައިރޮއިޑް ދުޅަވެފައިވާނަމަ ކޮތަނބިރި ފަތްކޮޅަކާއި ދިރިކޮޅެއް އެއްކޮށްގެން ދުވާލަކު ދެއިރު ކެއުމުން ދުޅަ ތިރި ކޮށްދޭނެ އެވެ.

ކެއްކި ތަރުކާރީ

ކެބެޖް، ބްރޮކޮލީ، ކޯލީފްލާވަރ ފަދަ ތަރުކާރީއަކީ ނުކައްކާވެސް ކެވޭ ކަހަލަ ކާނާ އެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގެ ބައްޔެއް ޖެހިފާވާނަމަ، އެއްގޮތަކަށް ވެސް ރޮލަށް ހުންނަ ތަރުކާރީ ކެއުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ރަނގަޅަށް ކައްކާ ރޯ ފިލުވައިގެން ކާށެވެ.