ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އޭނާގެ ލޯބިވެރިޔާ ގެބްރިއެލް ޑިމެޓްރިއެޑްސްއާ ކައިވެނި ނުކޮށް ދަރިން ހޯދާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަރުޖުން ރާމްޕާލް އޭނާގެ ލޯބިވެރިޔާއަށް ދެ ވަނަ ދަރިޔަކު ލިބެން އުޅޭ ވާހަކަ މިދިޔަ މޭ މަހު ވަނީ އިއުލާނުކޮށްފަ އެވެ. އެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބުނީ 2019 ވަނަ އަހަރު އެވެ. އަރްޖުން ރާމްޕާލް އާއި ގެބްރިއެލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

"ރާ.ވަން" އާއި "ރާޖްނީތީ" ފަދަ ފިލްމުތައް ކުޅުނު އަރުޖުން ކައިވެނި ނުކޮށް ދަރިން ހޯދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ސޯޝަލް މީޑިއާގައި އަރުޖުން އާއި ގެބްރިއެލާ އަށް ފާޑުކިޔުންތައް އަމާޒުވަމުންދާ އިރު، އެފަދަ ބައެއް ވާހަކަތަކަށް ގެބްރިއެލާ ރައްދު ވެސް ދީފައިވެ އެވެ.

އަރުޖުންގެ ލޯބިވެރިޔާގެ އިންސްޓަގްރާމް ޕޯސްޓެއް

އަރުޖުން އާއި ކުރީގެ މޮޑެލް މެހެރް ޖެސިއާގެ 20 އަހަރުވީ ކައިވެނި ރޫޅައިލަ އިރު، އެ ކައިވެންޏަށް ލިބިފައިވާ ދެ އަންހެން ދަރިން ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 23 އަހަރުގެ މާހިކާ ރާމްޕާލާއި މައިރާ ރާމްޕާލް، 17، އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ބައެއް މީހުން ކައިވެނިން ބޭރުން ދަރިން ހޯދުމަކީ މި ފަހުން ވަރަށް ބޮޑަށް އާންމުވަމުންދާ ކަމެކެވެ. އަދި ކައިވެނިކޮށްގެން މާ ގިނަ ދުވަހެއް ނުވެ ބަލިވެ އިންކަންވެސް ގިނަ ތަރިން އިއުލާނުވެސް ކުރެ އެވެ. މިކަމާއި ގުޅިގެން ފާޑުކިޔުންތައް ވަނީ އެތަރިންނަށް އަމާޒުވެފަ އެވެ.