ޖަޕާނުގެ ސަގާފަތަކީ ދުނިޔޭގެ އެންމެންނަށް ވެސް އެނގޭ މަޝްހޫރު ސަގާފަތެކެވެ. އެ ސަގާފަތަކީ ތާރީހުގެ ތެރެއިން އަދުގެ ޖީލަށް އައިސްފައިވާ ކަންކަމެވެ. އެ ސަގާފަތުގެ ތެރޭގައި ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަލު އަޅުވާލަ އެވެ.
މިފަހަރު މިއޮތީ އަހަރުމެންނަށް ކޮންމެ ދުވަހަކު ދިމާވާ އާއްމު ގޮންޖެހުމަކަށް ޖަޕާނުގެ ސަގާފަތުން ދީފައިވާ ހައްލެކެވެ. ޖަޕާނުގެ ކައިޒަން ފަލްސަފާއަކީ ދުވަހުގެ ކަންނެތްކަން ފިލުވާލަދޭ އުކުޅެކެވެ.
ކައިޒަންގެ ދަށުން ކަންނެތް ކަމުން ދުރުވުމަށް ހާސިލް ކުރެވޭނެ ފަދަ ލަނޑުދަނޑިތަކެއް ކަނޑައަޅަ އެވެ. މި ބަލާލަނީ ކައިޒަންގެ ފަލްސަފާގެ ދަށުން ވާ ބައެއް ކަންކަމަށެވެ.
އެންމެ ފުރަތަމަ ކަމަކީ ތިމާގެ ކިބައިގައި ކަންނެތްކަން ހުރިކަން ގަބޫލުކޮށް ބަލައިގަތުމެވެ. އަދި އެއަށްފަހު ކަންނެތްވާން މެދުވެރިވާ ވަކި ހާއްސަ ސަބަބެއް އޮތްތޯ ބެލުމެވެ.
އެއަށްފަހު ދެން އޮތް ކަމަކީ ކޮންމެ ދުވަހެއްގެ ވެސް ތާވަލެއް ކަނޑައެޅުމެވެ. އެ ދުވަހެއްގައި ކުރަން ހުރި ކަންތައްތައް ހިތަށް ގެނެސް ދުވަސް ރާވާލުމެވެ.
ކައިޒަން ފަލްސަފާގައިވާ އެންމެ މައިގަނޑު އެއް ކަމަކީ ކަމެއް ފަށައިގަތުމެވެ. ކަމެއް ފަށައިގަތުމަކީ އެކަމެއް ކުރިއަށް ދިއުމަށް އޮންނަ މަގު ކަމަށް އެ ފަލްސަފާގައި ބުނެ އެވެ.
މީގެ އިތުރުން އެއްފަހަރާ ކަންތައްތައް ކުރަން ނޫޅުމަށާއި ކުރެވޭ ވަރަކުން އަދި ހާސިލް ކުރެވޭ މިންވަރުން "ރިއަލިސްޓިކް" ލަނޑުދަނޑިތައް ކަނޑައެޅުމަށް ކައިޒެން ބާރު އަޅަ އެވެ.
ކައިޒެންއަކީ ޒަމާނުއްސުރެ ޖަޕާނުގައި ބޭނުން ކުރެވެމުން އަންނަ އުކުޅަކަށް ވާއިރު މި އުކުޅަކީ ކާމިޔާބު އުކުޅެއް ކަމަށް އޭގެ އަޖުމަ ބަލާފައިވާ މީހުން ބުނެ އެވެ.