ކެއުމަށްފަހު ތާފަނާ ހޫނު ފެން ތަށްޓެއް ބޯނަމަ ބޮޑުކަމުދާން ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބި ހަޖަމުކުރާ ނިޒާމުގެ މަސައްކަތް އަވަސް ކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފެނަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ކާއެއްޗެހި ދައުރު ކުމަށް އެހީތެރިވާ އެއްޗެކެވެ. މި ނިޒާމުގައި ރަނގަޅަށް ފެން ދައުރުވާނަމަ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކުރުމަށް އިތުރު އެހީތެރިކަމަކާއި ބާރެއް ލިބިގެންދެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އާދައިގެ ފެނަށްވުރެ ތާފަނާ ފެން ބުއިމުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތް ފުރިހަމަވެ އެވެ. ހޫނުކޮށް ފެން ބުއިމުން، ގޮހޮރުގައި ހަޖަމު ނުވެ ހުންނަ ކާތަކެތީ ހަރުމިން މަޑުކޮށްލަދީ ހަޖަމުކުރުމަށް ފަސޭހަވެ އެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ އުނދަގޫތަކަށް ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް ހޫނުފެނުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި ރޯގާ ޖެހި ނޭފަތް ބެދުމުން ސަލާމަތް ކޮށްދިނުމާއި ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދިނުމުގެ އިތުުން ބަނޑު ހަރުވުމުން ސަލާމަތް ކޮށްދިނުން ހިމެނެ އެވެ.
މިހުރިހާ ފައިދާތަކަށް ބަލާއިރު ދިރިއުޅުމުގައި މި އާދަ އަށަގަންނެވުމަކީ ސިއްހަތަށް އެންމެ ފައިދާހުރ ގޮތެވެ.