ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި އަމިއްލަ އުޅަނދެއް ބޭނުންކުރަން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ބޭނުން ކުރައްވާނީ އަމިއްލަ އުޅަނދެއް ކަމަށެވެ. އެގޮތުން މިހާރު ށ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ދަތުރުކުރުމަށް މިއުޅަނދު އަންނަނީ ބޭނުން ކުރައްވަމުންނެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ރައީސްގެ މިދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަންނަވާނެ އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އިތުރުން، މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ އިސްވެރިން ވެސް މި ދަތުރުފުޅުގައި ރައީސާއެކު ށ. އަތޮޅަށް ވަޑައިގެންފައިވެ އެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.
ރައީސް ސޯލިހް ގެންދަވަނީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިއުމަށް ހުރަސްތަކެއް
މޫނުގައި އޮށާޅަ ނަގަން މެދުވެރިވާ އާއްމު ބައެއް ސަބަބުތައް!