އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނީ މިމަހުގެ 2 ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އިން ބުނިގޮތުގައި އެޕާޓީ ރެޖިސްޓްރާ ކުރަން ހުށައަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަައަޅާފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޖުމްލަ 611 މެމްބަރުން ބައިވެރިވެފައިވެ އެވެ.

އެރޭ ވަނީ ޕާޓީގެ ކުލަޔާއި ލޯގޯ އާއި ނަން ފާސްކޮށްފަ އެވެ. މީގެ އިތުރުން ޕާޓީގެ ޗެއާޕާސަންގެ އާއި ޗެއާޕާސަންގެ ނައިބު އިންތިހާބު ކޮށްފަ އެވެ.