ނިޔަފަތީގައި ކުލަ ޖެއްސުމަކީ މިހާރަކަށް އައިސް ފެޝަންގެ ތެރޭގައި ހިމެނި އާއްމުވަމުން އަންނަ ކަމެކެވެ. އެކި ދުވަސްވަރު އެކި ޓްރެންޑްތައް މަޝްހޫރުވާއިރު މި ކަމަކީ ނޭނގި ނަމަވެސް އަހަރުމެންނަށް ކުރެވޭ ވަރަށް ގެއްލުންހުރި ކަމެކެވެ.
ނިޔަފަތީގައި ޖައްސާ ކުލައަކީ އާންމުގޮތެއްގައި ކެމިކަލްގެ އެކި ބާވަތްތައް ބޭނުންކޮށްގެން އުފެއްދާ އެއްޗެކެވެ. ހަށިގަނޑަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައިވާ ޓީ.ޕީ.އެޗް.ޕީ ގިނަ އަދަދަކަށް މިފަދަ ކުލަ ތަކުގައި ހިމެނިފައި ހުރެ އެވެ.
އެގޮތުން ދުނިޔޭގެ މަޝްހޫރު ގިނަ ނެއިލް ޕޮލިޝް ބްރޭންޑް ތަކުގެ އުފެއްދުން ތަކުގައިވެސް މި މާއްދާ ދަނީ ބޭނުން ކުރަމުންނެވެ.
މި މާއްދާއިން ހަށިގަނޑުގެ ހޯމޯންސްތައް މަސައްކަތްކުރަންޖެހޭގޮތަށް މަސައްކަތްކުރުމަށް ހުރަސްއަޅާއިރު މި މާއްދާގެ ސަބަބުން ހަށިގަނޑުގައި އުފެދެން މެދުވެރިވާ މާއްދާ އަކުން މީހާ ދަރިމައިވުން ދުރުކޮށްދީ އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ބަލިވެ އިނުމަށް ދަތި ކުރުވާ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.
ނިޔަފަތީގައި ހޭކޭ ފަށަލަތަކުގެ އަދަދުންވެސް ނުރައްކާ ބޮޑުވާއިރު މިކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ނެއިލް ޕޮލިޝް ނުވަތަ ނިޔަފަތީގައި ހާކާކުލަ ބޭނުން ނުކުރުން ނުވަތަ މަދު ކުރުންކަމަށް ސިއްހަތާއި ބެހޭ މާހިރުން ވަނީ ބުނެފަ އެވެ.
އެހެން ކަމުން ނެއިލް ޕޮލިޝް ގަތުމުގެ ކުރިން އޭގެ ލޭބަލްތައް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ވެސް މާހިރުން ލަފާދެ އެވެ.