އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު ދެ ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ވޯޓު ފޮށި ބެހެއްޓުމަށް މީގެ ކުރިން ނިންމާފައިވަނީ 23 ރިސޯޓެއްގަ އެވެ. އެހެން ނަމަވެސް އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފަ އެވެ.

އެ ދެ ރިސޯޓަކީ ކ. ރަށްފަޅުހުރާގައި ހިންގާ ފަރި ކެމްޕަސް މޯލްޑިވްސްއާއި ރ. ކުޑަކުރަތުގައި ހިންގާ އަމާރި ރާޔާ މޯލްޑިވްސްއެވެ. މިއާއެކު ވޯޓުފޮށި ބަހައްޓާ ރިސޯޓުތަކުގެ ޢަދަދު މިހާރު މިވަނީ 81 އަކަށް އިތުރުވެފައެވެ.

ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފަ އެވެ. އޭގެ ތެރެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގަ އެވެ.