އެމްޑީޕީއަކީ އެހާ ފަސޭހައެއް ރޫޅާލެވޭނެ ޕާޓީއެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުހައްމަދު އަސްލަމް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ހުޅުމާލެ ފޭސް ދޭއްގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

އަސްލަމް ވިދާޅުވީ ރޫޅާލެވޭނެ ކަމަށް ހީވެފައި އޮތަސް އެއީ ގޯސް ހީވުމެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އެހާ ފަސޭހައެއް ރޫޅާލެވޭނެ ޕާޓީއެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެންމެ މީހަކު ނިކުމެ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވިޔަސް އެމްޑީޕީ ރޫޅާލެވޭނެ ކަމަކަށް ނުދެކެން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެމްޑީޕީއާ އަލަށް މެމްބަރުން ގުޅެމުންދާ ކަމަށާއި ކުރިން ވަކިވި މެމްބަރުން ވެސް މިހާރު އަލުން އެމްޑީޕީއާ ގުޅެމުންދާ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވިއިރު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށްފަހު ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި ކުޅުދުއްފުށީ އުތުރު ދާއިރާ އާއި ދެކުނު ދާއިރާގެ މެމްބަރުން ވެސް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.

ދަ ޑިމޮކްރެޓްސްއަށް ރައީސް ނަޝީދު ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ އެމްޑީޕީ މިހާރު ދަނީ ރޫޅުމުން ކަމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ހަރުއަޑުން ވިދާޅުވި އެވެ.