މޫނުގައި ބިހި ނެގުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ބައެއް މީހުންގެ މޫނުގައި ނަގާ ބިހި އާދައިގެ ގޮތަކަށް ހުންނައިރު ބައެއް މީހުންގެ މޫނުގައި ނަގާ ބިހިތައް ރަތްވެފައި ހުރެ އެވެ. މިކަމުގެ ސަބަބުން ތިމާގެ މޫނުގެ ސިފައަށް އައިބު ކަމެއް ގެނެސްދެ އެވެ. އެފަތަ މީހުންނަށް މިއޮތީ ހައްލެކެވެ.

ގަނޑުފެން

ސާފު ފޮތި ކޮޅަކަށް އައިސް ކިއުބެއް ލާފައި މޫނުގައި ހާކާށެވެ. ފިނި ހޫނުމިނުގެ ސަބަބުން ބިހީގެ ރަތްކަން ފިލުވައިދެ އެވެ. އެހެން ނަމަވެސް އައިސް ކިއުބް ހާކާނީ މަޑުމަޑުންނެވެ. މާ ބާރަށް ހާކައިފި ނަމަ ބިހި ފަޅައިގެން ގޮސް ޖަރާސީމުތައް އިތުރަށް ފެތުރޭގޮތް ވެދާނެ އެވެ.

އައި ޑްރޮޕް

ލޮލަށް އަޅާ ބޭހަކީ އާންމުކޮށް ލޮލުގެ ރަތްކަން ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެބޭހުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނުގައި ނަގާބިހީގެ ރަތްކަންވެސް ފިލުވާލުމަށް އެހީތެރިވެދެ އެވެ. އެގޮތުން ރޭގަނޑު ނިދުމުގެ ކުރިން ކުޑަ ކަފަކޮޅެއްގައި ބޭސް ހޭކުމަށް ފަހު ބީހީގައި މަޑުމަޑުން ހާކާށެވެ.

އެސްޕްރިން

އެސްޕްރިންގައި ހިމެނޭ ސަލިސިލިކް އެސިޑަކީ މޫނުގައި ނަގާ ބީހީގެ އިތުރުން ކުދި ރޫ ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން އެސްޕްރިން ގުޅަ ފުނޑުވާލުމަށްފަހު ފެންކޮޅަކާ އެއްކޮށް ޕޭސްޓެއް ހަދާށެވެ. އެއަށްފަހު މޫނުގައި އުނގުޅުމަށްފަހު ޕޭސްޓް އެއްކޮށް ހިކުމުން ދޮވެލާށެވެ.

ލުނބޯ ހުތް

ލުނބޯ ހުތަކީ ހަށިގަނޑަށްވެސް ފައިދާ ހުރި ބާވަތެކެވެ. ހާއްސަކޮށް ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން މޫނުގައި އުފެދޭ ޖަރާސީމު ނައްތާލުމަށް އެހީވެދެ އެވެ. ލުނބޯ ހުތް ބޭނުންކޮށްގެން ބިހީގެ ރަތްކަން ފިލުވާލުމަށް ރޭގަނޑު ނިދުމުގެ ކުރިން މޫނުގައި ލުނބޯ ހުތް ހާކާށެވެ.