ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އެ މައްސަލަ އަނބުރާ ގެންދިޔައީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ, އެ މައްސަލަ އަނބުރާ ގެންދަން ނިންމީ ޕާލަމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ކަމަށެވެ.
އަސްލަމް ވިދާޅުވީ އެފަދައިން ނިންމީ މަޖިލީސް ހަލަބޮލި ނުވެ ރަނގަޅަށް ކުރިއަށްގެންދެވޭނެ މަގެއް ހޯދުމުގެ ގޮތުން ކަމަށެވެ.
ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލްތައް އެޖެންޑާ ނުކޮށް ނަޝީދު މަޖިލިސް ކުރިއަށްގެންދަވާތީ އެމްޑީޕީން މީގެކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ

މިފަހަރު އެމްޑީޕީ އަށް ދެވަނަ ދައުރެއް ދީފިނަމަ ހަމަ މިހާރު މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުން އެގޮތުން މިގޮތް ހަދައިގެން ވެސް އަންނާނެ މަޖްލީހަށް އޭގެ ނަތީޖާ އަކީ ގާނޫނު އަސާސީ ބަދަލު ކޮށްގެން ތިންވަނަ ދައުރެއް ވެސް ބޭނުންވާ ގޮތް ހަދާނެއޭ ނުޖެހޭނެ ދެ ދައުރުގައި ވެރިކަން ކުރަން އެއްވެސް ރައީސަކު ގިނަ މީހުންނަށް ފުރުސަތު ދޭން ޖެހޭނީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ސަރުކާރުގެ މަޝްރޫއު ތައް ހިންގާނެއޭ ރައީސް އިބޫ އެހަދަނީ ދޮގޭ އެވާހަކަ އަޑުނާހާށޭ..