ޑާންސް ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސާ"ގެ ތިން ވަނަ ސީޒަން އުމުރުން 20 އަހަރުގެ ސަމަރުޕަން ލަމާ ކާމިޔާބު ކޮށްފި އެވެ.

ސޮނީ ޓީވީން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސަ 3" ގެ ގްރޭންޑް ފިނާލޭ ބާއްވާފައި ވަނީ މިދިޔަ ހޮނިހުރު ދުވަހުގެ ރެ އެވެ. މިފަހަރުގެ ސީޒަން ސަމަރުޕަން ކާމިޔާބު ކުރީ ބެލުންތެރިންގެ އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. މިސީޒަންގެ ޓްރޮފީއާއެކު ސަމަރުޕަން އަށް ވަނީ 15 ލައްކަ އިންޑިއަން ރުޕީސް އިނާމެއް ގޮތުގައި ލިބިގެން ގޮސްފަ އެވެ.

ބެލުންތެރިންގެ ވޯޓުން އެއްވަނަ ހޮވާގޮތަށް ކުރިއަށްގެންދިޔަ މި ޑާންސް ޝޯގެ ފަސް ފައިނަލިސްޓުން ވެސް ވާދަކުރީ ވަރަށް ގާތްގާތުންނެވެ. އެގޮތުން ސަމަރުޕަންގެ އިތުރުން ޝޯގެ ފައިނަލުގައި ވާދަކޮށްފައިވާ ބައިވެރިންނަކީ ޝިވަންޝޫ ސޯނީ، ވިޕުލް ކަންޑްޕާލް، އަނިކޭތް ޗައުހާން އަދި އަންޖަލީ އެވެ. މިފައިނަލިސްޓުންގެ ފަރާތުންވެސް ތަފާތު ސްޓައިލްތަކުގައި ޑާންސްތައް ވަނީ ފެނިގެން ގޮސްފަ އެވެ. އެކި ފެންވަރުގައި މުޅި ޝޯވ ގައި އެ ބައިވެރިންގެ ހުށަހެޅުންތައް ހުށަހަޅައިދިން ބައިވެރިންނެވެ.

ޝޯގައި ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން ސަމަރުޕަން ބުނީ އަދިވެސް މިޝޯ ކާމިޔާބު ކުރެވުނުކަން ގަބޫލުކުރަން ދަތި ކަމަށެވެ. ކާމިޔާބީގެ އުފާ އެންމެ ބޮޑަށް ފާޅުކުރީ އާއިލާގެ މެންބަރުން ކަމަށާއި މިކާމިޔާބީ އެންމެ ބޮޑު އުފަލެއް ލިބިގެންދާނީ މަންމައަށް އޭނާ ބުންޏެވެ.

މިޝޯ ކާމިޔާބު ކުރުމާއެކު ސަމަރުޕަން މިހާރު ބޭނުންވަނީ އިތުރަށް ޑާންސް ދަސްކުރުމަށެވެ. އަދި މިދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށެވެ.