ހުޅުލޭގައި ހުންނަ އެމްއެންޑީއެފް މަރުކަޒަށް ދިޔަ އެ ތަނުގެ ވެހިކަލެއް މިއަދު ފުރޮޅާލައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މި އެކްސިޑެންޓް މިއަދު ހެނދުނު ހިނގީ ވިއްސާރަވެ ފެން ހެދިފައި ވަނިކޮށް ވެހިކަލް ދުއްވާފައި ދަނިކޮށް، ކަހާލުމުގެ ސަބަބުން ކަމަށެވެ. އެ ވެހިކަލް ދަތުރު ކުރީ މާލެ އާއި ހުޅުމާލެއާ ދެމެދު ގުޅިފައިވާ ހައިވޭ އަރިމަތީގައި އޮންނަ މަގުން ދުއްވާފައި ދަނިކޮށެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މި ވެހިކަލް ކަހާލި އިރު، އިތުރު އުޅަނދެއްގައި ޖެހިފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ފުވައްމުލަކުގައި ހުރި އެމްޕީއެލް ކޯލް ސެންޓަރު ބަންދުކޮށްފި