އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަލީ ނަޝާތަށް އިތުރު ދައުރެއް ދިނުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނަޝާތަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މެއި 29، ގައި ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ނިޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ހުޅުވާލައިފަ އެވެ.

ނަޝާތު އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފާސް ކުރި ނަމަވެސް އެކަމުގައި މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ޖެހެ އެވެ.

ނަޝާތު އީސީގެ މެމްބަރު ކަމަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖުލައި 25، 2018 ގަ އެވެ.