ނިދާއިރު ކަނާތް ފަރާތަށް އޮވެ ނިދުމަކީ އެތައް ފައިދާތަކެއް އެކުލެވޭ ކަމެއްކަން ސުންނަތުން ވެސް އެނގިފައިވެ އެވެ. މިއީ ސިއްހަތަށް ވެސް އެންމެ ފައިދާހުރި ގޮތްކަން ދާދިފަހުން ހެދި ދިރާސާއަކުން މިވަނީ ސާބިތު ކޮށްދީފަ އެވެ. އެގޮތުން މި ބަލާލަނީ ވައަތް މައްޗަށް އޮވެ ނިދުމުން ލިބޭ ބައެއް ފައިދާތަކަށެވެ.
ގުގުރި ދެމުން ކުޑަކޮށްދޭ
ނިދަން އޮންނަ ގޮތަކުން ވެސް ގުގުރި ދެމުން އިތުރުވެ އެވެ. އެގޮތުން ކަނާތް ފަރާތަށް އޮތުމުން ދުލާއި ކަރުތެރެ ހަމަޖެހި ގުގުރި ދެމުން ކުޑަކޮށްދެ އެވެ.
ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ
ކަނާތް ފަރާތަށް އޮތުމުން ހިތުން ލޭ ދައުރުވުން ރަނގަޅުކޮށްދީ ނިދާފައި އޮންނައިރު ލޭގަނޑުވުން ފަދަ ހިތުގެ މައްސަލަތައް ކުރިމަތިވުން ކުޑަ ކޮށްދެ އެވެ.
ހަޖަމު ކުރުން ރަނގަޅު ކޮށްދޭ
ހަޖަމުކުރުމުގެ ނިޒާމުގައި އެކުލެވޭ ގުނަވަންތައް ހުންނަނީ ހަށިގަނޑުގެ ވައަތް ފަރާތަށް ގިނަކޮށް ކަމަށް ވުމުން ކަނާތް ފަރާތަށް ނިދުމަކީ ހަޖަމް ކުރުން އަވަސް ކޮށްދީ ފުރިފައި ހުންނަ އިހުސާސް އަވަހަށް ފިލުވައިދޭ ކަމެކެވެ.
މާބަނޑުއިރު ކުޑަކަމު ދިއުން މަދުކޮށް
ދޭމާބަނޑުއިރު ވާތް ފަރާތަށް އޮވެ ނިދާނަމަ ބްލެޑަރު ފިތި އަވަސް އަވަހަށް ކުޑަކަމުދާން ޖެހެ އެވެ. މިކަމުގެ ހައްލަކަށް މާބަނޑު ދުވަސްވަރު ކަނާތް ފަރާތަށް އޮވެ ނިދަން އާދަ ކުރާށެވެ.
ސައޫދީގެ ސަހަރާތަކަށް ސްނޯ ވެހެނީ!
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ