ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަނިކުފާނު މާދަމާ ގައުމާ މުހާތަބު ކުރައްވާނީ ހެނދުނު 10:00 ގައި ކަމަށެވެ.
އެމަނިކުފާނު ގައުމާ މުހާތަބު ކުރެއްވުން މާދަމާ ޓީވީޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ.
މިއީ ރިޔާސީ އިންތިހާބަށްފަހު އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ވެރިކަމަށް އިސްކުރެވުނު ދުވަހެވެ.
ޒާތީ ހައްގުތައް ހިމާޔަތް ކުރަން ވަރުން ކޯޓަށް!
ލޯންޗެއް އެކްސިޑެންޓުވެ، 2 މީހަކަށް ފަރުވާ ދެނީ
ބުރަކަށީގެ ތަދުތަކާއި ކަށި ފީވުން: ދުންފަތުގެ އިތުރު ނުރައްކަލެއް
