ކުދިކުދި ކަންކަމާ ރުޅިގަދަވެވޭ ހެއްޔެވެ. އެހެން ކަމަށްވާނަމަ ނިދި ގެންގުޅެވޭ ގޮތާމެދު ވިސްނާލާށެވެ.ފުރިހަމަ ނިންޖެއް ލިބުމަކީ ރުޅިގަދަ މީހުން އެކަމުން ދުރު ކުރުވިދާނެ ކަމެކެވެ.

އެމެރިކާގެ ލޮވާ ސްޓޭޓް ޔުނިވާސިޓީން ދާދި ފަހުން 200 ކޮލެޖު ދަރިވަރުންނާއި 147 އާންމުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި ނިދާ މިންވަރު މަދު ކޮށްގެންނާއި އިތުރުކޮށްގެން އެމީހުންގެ ދުވަހުގެ ހަރަކާތްތަކަށް އަންނަ ބަދަލު ވަނީ ދެނެގަނެފަ އެވެ.

އެގޮތުން ރަނގަޅަށް ނުނިދާ މީހުން ޖެހިގެން އަންނަ ދުވަހު ކަންކަމާއި މާޔޫސްވެ ، ރުޅިގަދަ ވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ބުނެފައިވަނީ ނިންޖަށް އަންނަ ބަދަލަކީ ރުޅިގަދަ ވުމާއި މާޔޫސްވުމަށް އަސަރުކުރުވާ ކަމެއް ކަމުގެ ހެކި މި ދިރާސާއިން ލިބިގެން ހިނގައްޖެ ކަމަށާއި އެހެންކަމަށް ވުމާއެކު މިއީ ވަރަށް މުހިންމު ދިރާސާއެއް ކަމަށެވެ.

މީގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވެސް ފުރިހަމަ ނިދީގެ މުހިންމުކަން ދިރާސާއިން ސާބިތުވެގެން ދިޔަ ކަމަށް އެބޭފުޅުން ބުނެފައިވެ އެވެ.