ރަޝްމިކާ މަންދަނާއާއި ކާޖޮލްއަށްފަހު ބޮލީވުޑްގެ އެހެން ތަރިއެއް ކަމަށްވާ އާލިއާ ބަޓްގެ ޑީޕްފޭކް ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވަމުން އެބަދެ އެވެ.
އަންހެނެއްގެ މޫނަށް އާލިއާގެ މޫނު ލައި އެޑިޓް ކުރުމަށްފަހު އާއްމުކޮށްފައިވާ އެ ވީޑިއޯގައި އެ އަންހެން މީހާ ކެމެރާއަށް ދިމާކޮށް ބަދުއަހުލާގީ އަމަލުތައް ހިންގަ އެވެ.
މިކަމާ ބެހޭ ގޮތުން އާލިއާ އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން "އެނިމަލް"ގެ ތަރި ރަޝްމިކާގެ ޑީޕްފޭކް ވީޑިއޯއެއް ވެސް އިންޓަނެޓުގައި ދައުރުވި އެވެ. އެއީ އޭނާ ނޫން ކަމަށް ބުނެ ރަޝްމިކާ އެކްސްގައި ޕޯސްޓް ވެސް ކުރި އެވެ.
ޑީޕްފޭކް ވީޑިއޯތައް އާއްމު ވަމުން އަންނައިރު އެކަމުގެ ޝިކާރައަކަށްވި އެހެން ތަރިންގެ ތެރޭގައި ކާޖޮލްއާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް
ވިއްސަކަށް އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރު މާހިރު ރިޓަޔާކުރަނީ