ފެނުމުގެ ނިއުމަތަކީ އަހަރުމެންނަށް ލިިބިގެންވާ އެންމެ މަތިވެރި އެއް ނިއުމަތެވެ. އެކަމުގެ މުހިއްމުކަން އެނގޭނީ އެ ނިއުމަތުން މަހުރޫމްވެފައިވާ މީހަކަށެވެ. އެހެން ކަމުން ލޮލުގެ ފެނުމާމެދު ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އަމިއްލައަށް ވެސް ކުރެވިދާނެ ކަމެކެވެ.

ނިދި ފުރިހަމަ ކުރުން

ލޮލުގެ ފެނުން ރަނގަޅު ގޮތުގައި ބެހެއްޓުމަށް ގަޑިން ގަޑިއަށް ނިދުން ވަރަށް މުހިއްމެވެ. ކޮންމެ ދުވަހަކު މަދުވެގެން 8 ގަޑިއިރު ނިދަން ވާނެ އެވެ.

ލޮލަށް ހަކަތަ ލިބިދޭ ކާނާ ކެއުން

އަހަރެމެންގެ ލޮލުގެ ފެނުން ދުޅަހެޔޮ ގޮތުގައި ބެހެއްޓުމަށް ވިޓަމިންސް އަދި މިނަރަލްސްގެ މާއްދާތައް އެކުލެވޭ ހަކަތަ ލިބިދޭ ކާނާ ކެއުން މުހިންމެވެ. އެ ބާވަތްތައް ހިމެނޭ ކާނާގެ ތެރޭގައި ފަތްޕިލާވެއްޔާއި ތަރުކާރީ ހިމެނެ އެވެ.

އެއާއެކު ލޮލުގެ ފެނުން ތޫނުކޮށް ބެހެއްޓުމަށް ޕްރޮޓިންއަކީ ވަރަށް މުހިންމު މާއްދާއެކެވެ. އެހެންކަމުން އެ މާއްދާއެކުލެވޭ ކިރާއި، ބިހާއި އަދި ބްރޮކޮލީފަދަ ކާނާ ކެއުން މުހިންމެވެ.

ޓެކްނޮލޮޖީ ބޭނުން ކުރުމުގައި ސަމާލުވުން

މިހާރު ދިރިއުޅުމާއި، ވަޒީފާގެ މާހައުލު ހުންނަ ގޮތުން ކޮމްޕިއުޓަރު އަދި ފޯނުފަދަ ވަސީލަތްތަކަކީ އަބަދުވެސް ބޭނުންކުރަން ޖެހިފައިވާ ވަސިލާތްތަކެވެ. ލޮލަށް ގެއްލުމެއް ލިބޭތީއޭ ކިޔާ މިފަދަ ވަސީލަތްތައް ބޭނުންނުކޮށް ދޫކޮށްލެވޭކަށްވެސް ނެތެވެ. އެހެން ނަމަވެސް މިތަކެތި ބޭނުން ކުރުމުގައި ވަކި މިންގަނޑު ތަކެއް ގެންގުޅެން ޖެހެ އެވެ.

ޔޫވީ ދޯދިތަކުން ލޯ ސަލާމަތްކުރުން

ޔޫވީ ރޭސްގެ ދޯދިތަކަކީ ލޮލަށް ވަރަށް ގިނަ ގެއްލުންތައް ކުރިމަތި ކުރުވާ މާއްދާ އެކެވެ.. ޔޫވީ ރޭސްގެ ދޯދިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަވިގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމާއި، ނިކުންނަނަމަ އަވި އައިނު އެޅުމާއި، ތޮއްޕެއް ކަހަލަ އެއްޗެއް ބޮލުގައި އެޅުން ހިމެނެ އެވެ.