ޝާހްރުކް ޚާންގެ އެންމެ ހަގު ދަރިފުޅު އަބްރާމް ޚާން ތައުލީމް ހާސިލް ކުރަމުން އަންނަނީ މުމްބާއީގެ އެންމެ އަގުބޮޑު އަދި މަޝްހޫރު ސްކޫލުތަކުގެ ތެރެއިން ސްކޫލެއް ކަމަށްވާ ދިރުބައި އަމްބާނީ ސްކޫލުގަ އެވެ.

ސްކޫލުގެ އެކި ކަންކަމުގައި އަބްރާމް ބައިވެރިވާއިރު އެ ކަންކަމުގައި އޭނާގެ އާއިލާއިން ވެސް ހިއްސާވާ މަންޒަރު ދޭތެރެ ދޭތެރެއިން ފެނެ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކީ އަބްރާމްގެ ސްކޫލް ފީ އެވެ.

ދިރުބައި އަމްބާނީ ސްކޫލުގެ ފީތައް ބަހާލެވިފައިވަނީ ތިން ބަޔަކަށެވެ. އެލްކޭޖީއިން ގްރޭޑް 7 ހަމައަށް މަހަކު 1.70 ލައްކަ ރުޕީސް އަރާއިރު ގްރޭޑް 8 ން 10 އަށް އެ ސްކޫލުގެ މަހުފީ އަކީ 4.48 ލައްކަ ރުޕީސް އެވެ. ގްރޭޑް 11 އަދި 12 އަށް މަހަކު 9.65 ލައްކަ ރުޕީސް އެ ސްކޫލުން ނަގަ އެވެ.

މި އަދަދުތަކަށް ބަލާއިރު އަބްރާމްގެ ސްކޫލް ފީގެ ގޮތުގައި އޭނާގެ އާއިލާއިން އަހަރަކު ގާތްގަނޑަކަށް 20 ކްރޯޑް ރުޕީސް ހޭދަކުރެ އެވެ.

ދިރުބައި ސްކޫލުގެ އަގުބޮޑު ފީތަކާއެކު ވެސް އެ ސްކޫލަކީ ބޮލީވުޑް ތަރިން އެމީހުންގެ ދަރިން އެންމެ ގިނައިން ފޮނުވާ ސްކޫލެވެ.

އެގޮތުން އެ ސްކޫލުން ކިޔަވާފައި ނުވަތަ ކިޔަވަމުން އަންނަ ކުދިންގެ ތެރޭގައި ޝާހްރުކް ޚާންގެ ދަރިން ކަމަށްވާ އާރްޔަން، ސުހާނާ އަދި އަބްރާމްގެ އިތުރުން އައިޝްވާރްޔާ އަދި އަމީތާބުގެ ދަރިފުޅު އާރަދްޔާ ބައްޗަން ހިމެނެ އެވެ.