ޕްލާސްޓިކް ފުޅީގައި ފެން ބުއިމުގެ ސަބަބުން ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާއިން ވަނީ ޕްލާސްޓިކް ފެންފުޅި އުފެއްދުމަށް، ބީ.ޕީ.އޭ ނަމަކަށް ކިޔާ ކެމިކަލެއް ބޭނުން ކުރާކަމަށާއި އަދި އެއީ ހަށިގަނޑުގެ ހޯމޯންސްތަކުގެ ހެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާއެއް ކަމަށް ދައްކާފަ އެވެ.

"މިކަމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ސިކުނޑިއަށް،" މި ދިރާސާ ކުރެއްވުމުގައި ބައިވެރިވި ސައިންސްވެރިއަކު ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި ކެމިކަލްގެ ސަބަބުން ވައިގެ އެކި އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"މާބަނޑު ދުވަސްވަރު ޕްލާސްޓިކް ފުޅީގައި ފެން ބޯނަމަ ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރާނެ. ވަކިން ބޮޑަށް ދަރިފުޅުގެ ހެދިބޮޑު ވުމަށާއި ދުޅަހެޔޮކަމަށް،" ދިރާސާކުރި ޓީމުން ބުނެފައިވެ އެވެ.

އެ ދިރާސާކުރި ޓީމުން ދަނީ އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން ކަމަށާއި މާބަނޑު އަންހެނުންނަށް ހާއްސަ މައުލޫމާތު ސެޝަންތަކެއް ވެސް ބާއްވަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ފެނަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެހެންވެސް ބޭނުންވާނެ އެއްޗެކެވެ. ވަކިން ހާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަދަރިފުޅުގެ ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން ފެން ބޯން ޖެހެ އެވެ. އެހެން ނަމަވެސް ޕްލާސްޓިކް ފުޅީގައި ފެން ބުއިމަކީ މިކަމަށް އޮތް ގޯސް ގޮތެވެ.