ހުޅުމާލޭ ޖަލުން 31 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
އެޗްއީއޯސީން ބުނީ މި މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭ ޖަލުން އަލާމާތްތައް ހުރި ގައިދީއަކު ފެނިގެން ޖަލުން ނެގި 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ގައިދީން އެކަނި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ.
ހުޅުމާލޭ ޖަލުން ކޮވިޑްގެ ކޭސްތަކެއް ފެނުނަސް މާލޭ ޖަލާއި ހިންމަފުށީ އައްސޭރި ޖަލުގެ އިތުރުން މާފުށީ ޖަލުގައި ކޮވިޑްގެ އަލާމާތްތައް ހުރި އެއްވެސް މީހަކު ނެތް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް
ބޮއިކޮޓް ކުރިޔަސް ކާންޔޭގެ ކޮންސެޓު ކުރިއަށް!
ދަނޑުން ނުފައިބައި މައުސް މެޗް އެނަލިސްޓަކަށް!
