ކުކުޅު ބިހަކީ ކެއިންބުއިމުގައި ވަރަށް އާއްމު އެއްޗެކެވެ. ކައްކައިގެންނާއި އެ ނޫންވެސް ގޮތް ގޮތަށް އެތައް ކެއުމެއް ތެރޭގައި ބިސް ކައި އުޅެ އެވެ. ކެއުމެއްގެ ގޮތުގައި ސިއްޙަތަށް އެތައް ފައިދާތަކެއް ފޯރުކޮށްދޭ ކުކުޅު ބިހުގެ ތޮއްޓަކީ އެއިން އެތަކެއް ބޭނުމެއް ކުރެވޭ ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ބިސްތޮށި ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް ތިރީގައި ލިޔެލާނަމެވެ.

ފައިދާހުރި ފޭސް މާސްކެއް

ބިސްތޮށްޓާއި ބިހުގެ ހުދުބައި އެއްކޮށް މިކްސްޗަރެއްގައި ގިރައި މޫނުގައި އުނގުޅުމަކީ ބިސްތޮށިން އެންމެ ގިނައިން ކޮށްއުޅޭ އެއް ބޭނުމެވެ. މިގޮތަށް މޫނުގައި އުނގުޅުމުން މޫނުގެ ހަން އޮމާންކޮށްދީ ރޫ ފިލުވައިދެ އެވެ. މި ފޭސް މާސްކް ދޮވެލުމުގެ ކުރިން ރަނގަޅަށް ހިކުނަ ދިނުމަށް ހަނދާން ކޮށްދެމެވެ.

ހަމުގެ އުނދަގޫތަކަށް ފަރުވާއެއް

ބިސްތޮށި ކޮޅަކަށް ކުޑަ ރާހުތް ފޮދެއް އަޅައި ދެތިން ދުވަސް ވަންދެން ބަހައްޓާށެވެ. ރަނގަޅަށް އެއްވުމުން ހަމުގައި ހާކާށެވެ. ކެހުމާއި ދިލަ ނެގުން ފަދަ ހަމަށް ދިމާވާ ކުދި އުނދަގޫތަކަށް ލުޔެއް ލިބޭނެ އެވެ.

ގަސް ހެއްދުމަށް އެހީއެއް

ބިސްތޮށްޓަކީ އޭގެ ޒާތުގައި ޕްރޮޓީންސް ގިނަ އެއްޗެކެވެ. އެހެންކަމުން ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރެވެ އެވެ. އަދި ހަމަ އެހެންމެ ގަސްވެއްޔާއި އެއްކޮށްފައި ބެހެއްޓުމުން އެކި ވައްތަރުގެ ގަސް ހެދިބޮޑުވުމަށް އެހީވެދެ އެވެ. އަދި ގަސްވަށި ދޮވެ ސާފު ކުރުމަށް ވެސް ބިސްތޮށި ބޭނުން ކުރެވޭނެ އެވެ.