ސިކުނޑީގެ ދުޅަހެޔޮ ކަމަކީ ގިނަފަހަރު އެކަމަކާ މެދު ފަރުވާކުޑަކޮށްލެވޭ އެއް ކަމެވެ. ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ނޭނގި ނަމަވެސް އަހަރުމެންގެ ސިކުނޑިއަށް ނުރަނގަޅު އަސަރު ކުރެ އެވެ. އެހެންކަމުން ސިކުނޑީގެ ދުޅަހެޔޮ ކަމަށްޓަކައި ރަނގަޅު އާދަތައް ގެންގުޅުން މުހިއްމެވެ.
ހެނދުނު ނާސްތާ ކުރުން
ހެނދުނު ތެދުވެ ވަޒީފާއަށް ދާއިރު ގިނަ ބަޔަކީ ރަނގަޅަށް ނާސްތާ ނުކޮށް ދާ ބައެކެވެ. އެހެން ކަމުން ހަކަތަ ދަށްވެ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެ އެވެ. އެހެން ކަމުން ސިކުނޑިއަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ފޯރުކޮށް ނުދެވޭ ގޮތްވެ އެވެ.
ހަކުރު ބޭނުންކުރުން މަދު ކުރުން
މާގިނައިން ހަކުރު ބޭނުން ކުރުމުން ސިކުނޑިއަށް ބޭނުންވާވަރަށް ޕްރޮޓީން އަދި ނިއުޓްރިޝަން ފޯރުކޮށްދިނުމަށް ބުރުއަރަ އެވެ. މިހެން ވެއްޖެ ނަމަ ސިކުނޑި އިތުރަށް ތަނަވަސްވުމަށް ހުރަސް އެޅެ އެވެ.
8 ގަޑިއިރުގެ ނިދި ހަމަކުރުން
ކޮންމެ ދުވަހަކު ސިކުނޑި އެތައް މަސައްކަތެއް ކުރާއިރު އެއަށް ބޭނުން ވާވަރަށް އަރާމުވެސް ދޭން ވާނެ އެވެ. ހަމައަށް ނިދި ނުލިބުމަކީ ސިކުނޑީގެ ސެލްތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ. ނިދާއިރު ބޯ ނިވާކޮށްގެން ނިދުމަކީވެސް ގެއްލުންވާ ކަމެކެވެ. ސަބަބަކީ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރަސް އަޅާތީ އެވެ.