މާލެއިން 92 މީހުންނާއެކު މުޅި ރާއްޖެއިން 127 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައުދުން ޕޮޒިޓިވްވީ 92 މީހުންނެވެ. އަދި އަތޮޅުތެރެއިން 15 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޮޕަރޭޝަނަލް ރިސޯޓްތަކުން ޖުމްލަ 13 މީހަކު އަދި އޮޕަރޭޓް ނުކުރާ ރިސޯޓްތަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 127 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 16،783 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،117 ގައި މިހާރު ހުރިއިރު 14،604 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހަފްތާގައި ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފަށައި، މިއަދު ވަނީ 2،898 މީހަކަށް ވެކްސިން ދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ޖުމްލަ 9،752 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 7،963 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ.

މިހާރު ރާއްޖޭގައި 55 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.