ކިޑްނީގައި ހިލަ އުފެދުމަކީ ދުނިޔޭގައި ނިސްބަތުން ވަރަށް އާއްމު އެހާ ވޭންހުރި ކަމެކެވެ. މި ކަމަށް ޑޮކްޓަރީ ގިނަ ބޭސްތަކެއް ހުންނައިރު އެ ބޭހާ ނުލައި ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ވެސް ހިލަތައް ނައްތާލެވިދާނެ ގޮތްތަކެއް ހުރި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އަންނާރު ޖޫސް

އަންނާރުން ޖޫސް ގިރައިގެން ބުއިމަކީ ކިޑްނީގައި އުފެދޭ ހިލަ ނައްތާލާ ކަމެކެވެ. އަންނާރަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވާ މޭވާއަކަށްވާއިރު، އަންނާރު ޖޫގައި އެކުލެވޭ އެސިޑިޓީގެ ވަރުގަދަކަމުން ކިޑްނީއަށް ޖަމާވާ ބޭކާރު ދިޔާތަކެތި ބޭރުވެ، ކުޑަކަމުދާ ތަކެތީގެ އެސިޑިޓީ ލެވެލް ދަށްކޮށްދެ އެވެ.

ލުނބޯ ޖޫސް

ލުނބޯގައި އެކުލެވޭ ސިޓްރިކް އެސިޑްގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުން ކޮންޓްރޯލް ކޮށްދޭނެ އެވެ. އޭގެ އިތުރުން ވެސް ލުނބޯގައި ހިމެނޭ މާއްދާއެއް ކަމަށްވާ ހައިޑްރޮކްސިޓްރޭޓްއަކީ ކިޑްނީގައި އުފެދޭ ހިލަތައް ހަލާކު ކޮށްލާ މާއްދާ އެކެވެ.

ކަރާ

ކަރާއަކީ ޕޮޓޭސިއަމް އަދި ލޮނު އެކުލެވޭ މޭވާ އެކެވެ. އެހެން ކަމުން ކުޑަކަމުދާ ތަކެތީގައި އެސިޑް އެކުލެވެންޖެހޭ މިންވަރު ހަމައަކަށް އެޅެ އެވެ. ކަރާ ކެއުމުން ކިޑްނީ މަސައްކަތް ކުރުން އެއް ހަމައެއްގައި ހުންނާނެ އެވެ.

ކަދުރު

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ ކިޑްނީގައި ހިލަ އުފެދުމުގެ ނުރައްކަލުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެކުލެވޭ މެގްނިސިއަމްގެ ސަބަބުން ކިޑްނީ ސާފުކޮށްދެ އެވެ. ފެން ތަށްޓެއްގެ ތެރެއަށް ތިން ކަދުރު ލުމަށްފަހު އެއްރޭ ވަންދެން ބަހައްޓާށެވެ. ހެނދުނު ކަދުރުގެ އޮތް ނެގުމަށް ފަހު ކެއުމުން ކިޑްނީގައި އުފެދޭ ހިލަ ގުދުރަތީ ގޮތުން ނައްތާލުމަށް އެހީވެ އެވެ.