ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވުމާ ގުޅިގެން މަޖިލިހުގައި ސިޔާސީ ޕާޓީތައް އަލުން ތަމްސީލް ކުރާ ގޮތްތައް މިއަދު އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަން އަންގަވާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓަމުން އަންނަ ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކޮމިޝަނުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއިސްދޫ ދާއިރާގެ އަލީ ހަމީދުކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމްމަތިވެރި ދާއިރާގެ ހަސަން ޒަރީރުމުލަކު ދާއިރާގެ އިބްރާހިމް ނަސީރުނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދުމާފަންނު ދެކުނު ދާއިރާގެ އާދަމް އަލީކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދުތޮއްޑޫ ދާއިރާގެ ހަސަން ޝިޔާންގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

މި ބަދަލާ އެކުގައި މަޖިލިހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 44 މެމްބަރުންނެވެ. އެމްޑީޕީއަކީ މަޖިލިހުގެ މެޖޯރިޓީ ޕާޓީއެވެ. އަދި 14 މެމްބަރުންނާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ އެވެ.

އޭގެ އިތުރުން ޑިމޮކްރެޓްސްގައި 14 މެމްބަރުން، ޕީޕީއެމްގެ ދެ މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން، ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ދެ މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެމްބަރުން މަޖިލިހުގައި ތިއްބަވަ އެވެ.

މިއާ އެކު، މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.