ބޮލުގައި ނުވަތަ ބަނޑުގައި ރިއްސާލާއިރަށް ދެވެނީ ބޭސްފިހާރައަކާ ދިމާއަށެވެ. ލިބެން ހުރި އެންމެ ވަރުގަދަ ޕެއިންކިލާއެއް ކައިގެން އަޅާ ވޭން ލުއި ކުރުމަށެވެ. ނަމަވެސް މިއީ ދިގު މުއްދަތުގައި ސިއްހަތަށް ގެއްލުންހުރި ކަމެކެވެ.
އެގޮތުން މިފަދަ ބޭސްތައް ކެއުމަކީ ދިގު މުއްދަތުގައި ކިޑްނީ ބައްޔާއި ހިތުގެ ބަލިފަދަ ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި ގުދުރަތީ ތަދު ކަނޑުވާ ބޭސްތައް ޚިޔާރު ކުރުން މާ ރަނގަޅުވާނެ އެވެ.
އިނގުރު
އިނގުރުގައި އެކުލެވޭ އެންޓި އިންފްލިމޭޓަރީ ޕްރޮޕާޓީތަކުގެ ސަބަަބުން ތަދުވާ ތަންތަނުގެ ރިހުން ކުޑަކޮށްދެ އެވެ. މީގެ އިތުރުން ވެސް މިއީ ދުޅަވާ ތަންތަނުގައާއި ހަންގަނޑު ރަތްވާ ތަންތަނުގައި ވެސް ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ.
ރީނދޫ
ރީނދުލުގައި ކާކިއުމިން އެކުލެވެ އެވެ. މިއީ އެންޓިއޮކްސިޑަންޓް އެކެވެ. މިއީ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް ހަލާކުކުރާ މޮލެކިއުލްސްއިން ހަށިގަނޑު ދިފާއު ކޮށްދޭ އެއްޗެކެވެ. އަދި ދުޅަވާ ތަންތަނަށް ވެސް ރީނދޫ ބޭނުންކުރުމުން ފަސޭހަ ވެއެވެ. އޮސްޓިއޯއާތުރައިޓީސް ހުންނަ މީހުން ތަދުކަނޑުވަން ރީނދޫ ބޭނުން ކުރެ އެވެ.
ކަރަންފޫ
ކަރަންފުލުގައި ޔޫގެނޯލް ހުރެ އެވެ. މިއީ ތަދުކަނޑުވާ ޕްރޮޕަޓީ އެކެވެ. ދަތުގައި ރިއްސާ ނަމަ ހިރުގަނޑުގައި ކަރަންފޫ ހޭކުމުން ވެސް ތަދު ކޮންމެވެސް ވަރަކަށް ދެ އެވެ. ނަމަވެސް ފަސޭހައިން ތަންތަނުން ލޭ އަންނަ މީހުން ކަރަންފޫ ކެއުމުން އިތުރަށް މައްސަލަ ގޯސްވެދާނެ އެވެ.
މަތީގައި ދެންނެވުނު ބާވަތްތައް މުގުރައިގެން ޕައުޑަރު ހަދައި ތަދުވާ ތަންތަނުގައި މަސާޖު ކުރެވިދާނެ އެވެ. ނުވަތަ ޕައުޑަރަށް ފެންއަޅައި އޭގެ ދިޔަ ފެލައިގެން ވެސް ބޭނުން ކުރެވޭނެ އެވެ.