ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.
މުހުތާޒު ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ނުކުންނާނެ ކެންޑިޑޭޓް ކަނޑައަޅަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު އެވެ. މުހުތާޒު ވާދަކުރެއްވީ އޭނާގެ އަނބިކަނބަލުން ނިސްބަތްވާ ދަނގެތި ދާއިރާގެ ޕްރައިމަރީގަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި މުހުތާޒަކީ ރައީސް އޮފީހަށް އައްޔަން ކުރެއްވި ހަތަރު ވަނަ އެޑްވައިޒަރެވެ. އޭނާގެ އިތުރުން ދެން ތިއްބެވި އެޑްވައިޒަރުންނަކީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހުގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.
ޖަނާހު އާއި ހަލީލު އައްޔަން ކުރައްވާފައިވަނީ މުސާރަ ނުލިބޭ އެޑްވައިޒަރުންގެ ގޮތުގަ އެވެ. އެހެންނަމަވެސް އަބުދުއްރަހީމް އައްޔަން ކުރައްވާފައިވަނީ ސީނިއާ މިނިސްޓަރުގެ ރޭންކުގައި ފުލް މުސާރައިގަ އެވެ.
ސްކޫލްތައް އޭސީކޮށް ނިމޭނެ ތާރީހެއް ނޭނގޭ: މިނިސްޓަރު
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
ސިވިލް ކޯޓު ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި
ޑރ. މުއިއްޒު ގިނަ މަގާމުތައް މިދެނީ ރ. ޔާމީނާ އިދިކީލި މީހުންނަށް. އަދީބު ވެސް އެޑްވައިޒަރަކަށް ހަމަޖެއްސުން ގާތް. ވ.ދެރަވަރު