ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަތުހުﷲ ވަނީ އޭނާ އިސްތިއުފާ ދެއްވަން ހުށަހަޅާފައިވާކަން "ހުރިހާ" ޔަގީންކޮށްދެއްވާފަ އެވެ.
ފަތުހުﷲ އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އޭނާ ވާދަކުރައްވަނީ މަޖިލީހުގެ ތިމަރަފުށި ދާއިރާ އަށެވެ. އޭނާ ވަނީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދެއްވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމާފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގަ އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އަބްރަހަމް މަނަވަރުގައި ތިބި ސިފައިންގެ ހާލަތު ގޯސްވެއްޖެ
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
