ހުޅުމާލެ ފަރުކޮޅުފުށީ ސަރަހައްދުގައި ހުރި ގުދަނެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4 ޖަހާކަން ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ގުދަނަކީ އެމްއެންޑީއެފުން ބުނި ގޮތުގައި ކޮންޓެއިނަރުން ހަދާފައި ހުރި ތަނެކެވެ. އަދި އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރު އެތެރޭގައި ހުރި ހާޑްވެއާ ސާމާނުތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
"މައިކަލް"ގެ ސީކުއަލްގައި ޖިންސީ ގޯނާގެ ތުހުމަތުތަކަށް ނަޒަރެއް!
ސިޔާސީގޮތުން ސްޓެލްކޯއަށް ވެއްދި މުވައްޒަފުންނަށް ބޮޑު މުސާރައެއް
ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ