މައިބަދައާއި މައިބަދައާ ގުޅުންހުރި އެކި ކަހަލަ ބަލިތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން އަންނަ ކަމަށް ދިރާސާއަކުން ހާމަކޮށްފި އެވެ.
ދުނިޔޭގެ މައިބަދައިގެ ސިއްހަތު ފާހަގަކުރާ ދުވަހާ ގުޅިގެން ލިންސެޓް ޔުނިވާސިޓީއން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވަނީ މައިބަދައިގެ މައްސަލަތަކުގައި ޑޮކްޓަރަކަށް ދައްކާ މީހުންގެ އަދަދު އެމެރިކާގައި ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުން ގިނަކަމީ ކަންބުޑުވުން އިތުރުވާ ކަމެއް ކަމަށް މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ބުނެ އެވެ.
ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ބުނެފައިވަނީ އެ އުމުރުގެ މީހުން އޮފީސް ވަޒީފާތަކުގައި ހޭދަކުރާ ވަގުތު ގިނަވުމުން އިށީނދެ އިންނަން ޖެހުން ގިނަވާތީ ކަމަށެވެ.
އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ 2050 ވަނަ އަހަރާ ހަމައަށް މައިބަދައިގެ މައްސަލަތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު 50 ޕަސެންޓް އިތުރުވާނެ ކަމަށެވެ.ނު
މިކަމުން ސަލާމަތް ވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ހަރަކާތްތެރިވެ އުޅުން ގިނަ ކުރުމާއި ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން އިށީނދެ އިންނައިރު ވެސް ގުދުނުލައި ސީދަލަށް އިނުން މުހިއްމު ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.