ރަމަޟާން މަހުގެ ދުވަސްތަކުގައި ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ކެއިން ބުއިމާއި ދުނިޔަވީ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް މުސްލިމުންނަށް އަންގަވާފައިވެ އެވެ.
ފަޖުރުގެ އަލި ފާޅުވުމާއި އިރުއޮއްސުމަކީ ކާއިނާތުގެ ކަންކަން ހިނގާ މަގުން ދިމާވާ ކަމަކަށް ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަހިފާ މުސްލިމުންނަށް ރޯދައަށް ތިބެން ޖެހޭ ވަގުތު ވެސް ތަފާތުވެ އެވެ. މިކަން މިހެން ވަނީ ޖިއޮގްރަފީ ގޮތުން އެގައުމުތައް އޮންނަ ތަނުގެ ގޮތުންނެވެ.
އެގޮތުން ބަލާއިރު މިއަހަރުގެ ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހޭނެ ގައުމަކީ ގްރީންލޭންޑެވެ. އެގައުމުގެ ނޫކް ނަމަކަށް ކިޔާ ރަށުގައި 17 ގަޑިއިރާއި 26 މިނެޓު ރޯދައަށް ހުންނަން ޖެހެ އެވެ. މި ރަށުގެ އިތުރުން އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހޭ ގައުމުތަކުގެ ތެރޭގައި ކޮމޮރޯސްއާއި މޮރޮކޯ ން ހިމެނެ އެވެ.
އެއާއެކު އެންމެ ކުޑަ ވަގުތުކޮޅަކަށް މިއަހަރު ރޯދަ ހިފަން ޖެހެނީ ޗިލީގެ ޕޮޓާ މޮންޓްގަ އެވެ. އެ ހިސާބުގައި ރަމަޟާން މަހުގެ ކުރީކޮޅު ދުވާލުގެ ދިގުމިނަކީ އެންމެ 12 ގަޑިއިރެވެ.
ޖިއޮގްރަފީ ގޮތުން ދިވެހި ރާއްޖެ އޮންނަނީ ދުނިޔެ ދެބައިވާ އީކުއޭޓާ ކައިރީގައި ކަމަށް ވުމުން ދިވެހި ރާއްޖެއަށް ދުވާލާއި ރޭގަނޑުގެ ދިގުމިން ދާދި އެއްގޮތްވެ އެވެ.