ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނާގެ ރީތިކަން މާނަ ކުރެވެނީ އެކި ގޮތްގޮތަށެވެ. އެ ހިސާބެއްގެ ސަގާފަތާއި އާދަކާދައާ ގުޅިގެން ރީތިކަމުގެ ގޮތުގައި ބެލެވޭ ސިފަތައް ވަރަށް ތަފާތުވެ އެވެ. އެގޮތުން މި ބަލާލަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ރީތިވުމުގެ ނަމުގައި ކުރެވޭ ބައެއް އާދަޔާޚިލާފު ކަންތައްތަކަށެވެ.
އިތިއޯޕިއާ
އެފްރިކާގެ ގައުމެއް ކަމަށްވާ އިިތިއޯޕިއާގެ ބައެއް ރަށްފުށު ހިސާބުތަކުގައި އަންހެން ކުދިންގެ ތިރީ ތުންފަތް އެލުވުމަކީ ރީތީގެ ނިޝާނެކެވެ. އެކަމަށްޓަކައި ވަރަށް ޅައިރު އެކުދިންގެ ތުންފަތް ދަށަށް ޑިސްކެއް ލެެވި ދެމުމަށް އެހީވެދެ އެވެ.
ތައިލެންޑް
ތައިލެންޑްގައި ރީތިކަމުގެ އެންމެ ބޮޑު ސިފައެއްގެ ގޮތުގައި ގަބޫލު ކުރެވެނީ ދިގު ކަރެކެވެ. މިކަން ހާސިލް ކުރުމަށްޓަކައި ލޮއިން ހަދާފައިވާ ހޮޅިއެއް ކަރުގެ ވަށައިގެން ބަނދެގެންނެވެ.
އިންޑޮނޭޝިއާ
ސާފު ހުދު ދަތްޕިލައަކީ އާއްމުކޮށް އިންސާނާގެ ބުރުސޫރު އިތުރަށް ފުރިހަމަ ކޮށްދޭ ކަމެކެވެ. އެހެން ނަމަވެސް އިރުދެކުނު އޭޝިއާގެ ގައުމުތަކުގައި ދަތްޕިލަ ކަޅު ކުރުމަކީ މުއްސަނދިކަމާއި ހައިބަތުގެ ނިޝާނެކެވެ.
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!
ވެސްޓް ބޭންކް އިޒްރޭލުގެ ތަނަކަށް ހެދުމާ އެމެެރިކާ ދެކޮޅު
ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑު