ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަމީތާބު ބައްޗަންއަށް ލަވަކިޔުންތެރި ލަތާ މަންގޭޝްކަރުގެ އާއިލާއިން ދޭ ހާއްސަ ޝަރަފެއް ކަމަށްވާ ލަތާ ދީނާނާތު މަންގޭޝްގަރް ޕުރަސްކާރް އަރުވައިފި އެވެ.
މި ޝަރަފަކީ ބޮލީވުޑްގެ ފިލްމުތަކަށް ގިނަ ލަވަތަކެއް ކިޔައިދީފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ލަތާގެ ހަނދާނުގައި އޭނާގެ އާއިލާއިން ޝަރަފެކެވެ.
ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި އެވޯޑާ ހަވާލު ވުމަށްފަހު އަމީތާބު ބުނީ ލަތާފަދަ ލަވަކިޔުންތެރިޔެއްގެ ހަނދާނުގައި ދެވޭ ޝަރަފެއް އޭނާއަށް ލިބުމަކީ ހުދު އޭނާއަށް ވެސް ލިބޭ ޝަރަފެއް ކަމަށެވެ.
އަމީތާބު ބުނީ ލަތާއަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލާފަދަ އަޑެއްގެ ވެރިއެއް ކަމަށާއި އޭނާގެ ލަވަތަކަށް ދުވަހަކުވެސް ފަނޑުވުމެއް ނާންނާނެ ކަމަށެވެ.
ފަސް ބެއިންގެ ތެރެއިން އެންމެ ދޮށި ލަތާ މަރުވެފައިވަނީ 2022 ވަނަ އަހަރު އެތެރެ ހަށީގެ ގިނަ ގުނަވަންތަކެއް ފެއިލް ވެގެންނެވެ.
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
އެސްޑީއެފްސީ ފެސިލިޓީތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް