މިހާރަކަށް އައިސް ޒުވާނުންނަށް ހާޓްއެޓޭކް ޖެހުން އަންނަނީ އާއްމުވަމުންނެވެ. ބައެއް ފަހަރު އެކަމުން ފުރާނައަށް ވެސް ނުރައްކާވެ އެވެ.
ޒުވާނުންގެ މެދުގައި ހިތުގެ ނުރައްކާތެރި ބަލިތައް އިތުރުވަމުން އަންނަ ސަބަބާ ބެހޭ ގޮތުން މާހިރުން މިވަނީ އާ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.
މިޖީލުގެ ޒުވާނުންނަކީ ސިއްހަތަށް ފަރުވާތެރި ޖިމްއަށާއި ކަސްރަތަށް ދިއުމަށް ފަރުވާތެރިވާ ބައެއް ނަމަވެސް އެ މީހުންގެ މެދުގައި ހާޓްއެޓޭކްތައް އާއްމު ވަނީ ފަރުވާކުޑަ ކުރެވޭ ވަރަށް ކުޑަ ކަންކަމުން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ ރަނގަޅު ނިދުމުގެ ރޫޓިންއެއް ނުގެންގުޅުން ކަމަށް ސައިންސްވެރިން ބުނެ އެވެ. ރޭގަނޑު މާ ދަންވަންދެން ހޭލާ އުޅުމާއި މެންދުރު ވަންދެން ނިދަން އޮތުމަކީ ހިތުގެ ސިއްހަތަށް ގެއްލުންހުރި ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.
އެއާއެކު ނަފްސާނީ ސިއްހަތަށް ފަރުވާކުޑަކޮށް އިހުސާސްތަކާއި ޖަޒުބާތުތައް ހިއްސާނުކޮށް ބައްކޮށްގެން ހުރުމަކީ ވެސް ހާޓްއެޓޭކަށް މަގުފަހިވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
އެހެން ކަމުން ޅަ އުމުރުގައި މިފަދަ ހިތާމަވެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ސަމާލުވެ ދިރިއުޅުމުގެ ރަނގަޅު އާދަތައް ގެންގުޅެން ޖެހެ އެވެ.