އެކިއެކި ވާހަކަތައް ދައްކައި "ދަޅަ" ދައްކައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ ފްލެޓަކަށް ގެންގޮސް މީހުން އަތުން ފޭރޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ އެވެ. ފުލުހުން ބުނެފައި ވަނީ އެކަން ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ކާކުކަން ނޭނގޭ، ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުމުން އެ ތަންތަނަށް ނުދާން އެދިފަ އެވެ.

ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ޖަހާފައިވާ ޕޯސްޓެއްްގައި ބުނެފައި ވަނީ އަންހެނުންތަކެއް ގްރޫޕް ހަދައިގެން ފިރިހެން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އަދި އެމީހުން ކިޑްނެޕް ކުރުމަށް ފަހު ފައިސާ ދިނުމަށް އެދި ބިރު ދައްކަމުންދާ ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.