ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ކާފަ، އަލިބެ ނިޔާވިތާ އެއްދުވަސް ފަހުން މާމަ ނިޔާވެއްޖެ އެވެ.
އެބޭފުޅާ ނިޔާވީ ހާލުބޮޑުވެ އިއްޔެ ހެނދުނުން ފެށިގެން ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާދީ، އަދި ފަހުން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަނިކޮށެވެ.
އުމުރުން 81 އަހަރުގެ އެ އަންހެން މީހާއަށް ވެކްސިން ދީފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ޔަގީންކޮށްދީފަ އެވެ.
އަލިބެ އެކޭ އެއްފަދައިން އޭނާގެ އަނބިމީހާ އަކީ ވެސް އެކި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހެކެވެ. އަދި މީގެ އިތުރުން ބަލި ހާލުގެ ގޮތުން އެނދުމަތި ކުރެވިފައިވާތާ ދުވަސްތަކެއް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެޑްވާސް އިވެންޓްސް ފޮލޮވިން އިމުނައިޒޭޝަން ކޮމިޓީއިން ދެ ބޭފުޅުންގެ މަރު ތަހުގީގު ކުރަމުންގެންދާ ކަމަށެވެ. އެ ކޮމިޓީއިން އެންމެހައި ލިޔެކިޔުންތައް ބަލާ، މަރުގެ ސަބަބު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫރޭނިއަމްއާ ގުޅުވައި ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
