މާލޭގައި ހުންނަ ސެލޫނެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ތައިލެންޑްގެ ދެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި ދެ މީހުންގެ ތެރެއިން އެކަކީ އުމުރުން 39 އަހަރުގެ މީހެކެވެ. އަނެއް މީހާއަކީ 22 އަހަރުގެ މީހެކެވެ.

މި ދެ މީހުން ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ ދެ މީހުން ހައްޔަރުކުރީ ކޮން ތަނަކުން ކަމެެއް ނޭނގެ އެވެ.

ފުލުހުން ބުނެފައި ވަނީ މި ދެ މީހުން މަސައްކަތް ކުރާ ސެލޫންގައި ހަށި ވިއްކާކަމުގެ ހެކިތައް އެބަހުރި ކަމަށެވެ އަދި، އެ ތަނުން ބަރަހަނާ ހާލުގައި ތިބި ދެ މީހުން ފެނުނު ކަމަށް އެ ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުގައި ގާޒީ ބަޔާންކޮށްފައިވެ އެވެ.

ދާދިފަހުން އައްޑޫގައި ހަށިވިއްކުމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ވެސް ބިދޭސީ އަންހެނުން ހިމެނެ އެވެ.