އިންޑިއާގެ ގޯ އެއާއިން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައިވާގޮތުން އެ ފައިސާ އަކީ ރާއްޖޭގެ އެއާޕޯޓުން ފުރާ އިންޓަނޭޝަނަލް ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ އުސޫލުގެ ދަށުން ގޯ އެއާއިން މީރާއަށް ދައްކަން ޖެހޭ އެކި ފީތަކުގެ ޖުމްލަ އަދަދެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިިޔަލަށް ގޯ އެއާއިން އެއްވެސް ފީއަކާއި ޓެކްހެއް މީރާއަށް ދައްކާފައިނުވާ ކަމަށެވެ.
އޮކްޓޫބަރު 2018 ގައި ރާއްޖެއަށް ދަތުރުކުރަން ފެށި ގޯ އެއާއިން ވަނީ މިހާރު ވަނީ ދަތުރުތައް ހުއްޓާލާފަ އެވެ. އެ އެއާލައިނުން ވަނީ ބޭންސްކްރަޕްސީ އިއުލާންކޮށްފަ އެވެ.
އޯއެއާ އަކީ 2019 ވަނަ އަހަރު އިންޑިއާގައި އޮތް އޭރުގެ އެންމެ ބޮޑު އެއް އަމިއްލަ އެއާލައިނެވެ.