މާލެއިން 139 ކޭސްއާ އެކު މިއަދު ޖުމްލަ 161 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 17 މީހަކު، އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 161 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 18،930 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،512 ގައި މިހާރު ހުރިއިރު 16،351 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ދެ މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ.