މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރައިން"އިން މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ނުފެންނާނެކަން ޔަގީންވެއްޖެ އެވެ.

މިކަން ޔަގީންވެފައިވަނީ މިދިޔަ ހޯމަ ދުވަހު މާވެލް ސްޓޫޑިއޯސްއިން އެ ފިލްމުގެ އާ ޕޯސްޓަރެއް ނެރުމާއެކުގަ އެވެ. އެ ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ދެ ލީޑު އެކްޓަރުންނެވެ.

މީގެ އިތުރުން ވެސް ޓޭލާ ސްވިފްޓް އެ ފިލްމުން ނުފެންނާނެ ކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު ޝޯން ލެވީ ވެސް ވަނީ ދީފަ އެވެ.

ޓޭލާ "ޑެޑްޕޫލް އެންޑް ވޮލްވެރައިން" އިން ނުފެންނާނެ ކަން ޔަގީން ވެފައި މިވަނީ އޭނާގެ ފެނިލުމެއް އެ ފިލްމުން ފެންނާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

ޓޭލާ ސްވިފްޓްގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި މިފަހުން ފެނިފައިވަނީ އޭނާގެ ސޯލޯ ކޮންސެޓް "ދަ އީރާސް ޓުއާ"ގެ ޝޯތަކެވެ.