މާލެއިން 94 ކޭސްއާ އެކު މިއަދު ޖުމްލަ 124 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން ފަސް މީހަކު، ރިސޯޓްތަކުން ޖުމްލަ 15 މީހަކު، އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވާއިރު، ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 124 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،162 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،449 ގައި މިހާރު ހުރިއިރު 16،646 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ