މާލެއިން 145 ކޭސްއާ އެކު މިއަދު ޖުމްލަ 184 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 10 މީހަކު، ރިސޯޓްތަކުން ޖުމްލަ 24 މީހަކު ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ފަސް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 145 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،346 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،441 ގައި މިހާރު ހުރިއިރު 16،838 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ.