އެމެރިކާގެ މަޝްހޫރު ރިއަލިޓީ ސްޓާ، ކްރިސް ޖެނާގެ އޯވަރީ ނަގަން ސާޖަރީ ހަދަން ޖެހިފައިވާކަން އޭނާ އިއުލާން ކޮށްފި އެވެ.

"ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް"ގެ މި ހަފްތާގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން ކްރިސް ބުނެފައި ވަނީ އޭނާގެ އޯވަރީއިން ސިސްޓަކާއި ޓިއުމަރެއް ފެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކްރިސް ބުނެފައި ވަނީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމަށްވާ އޭނާގެ ދަރިން ލިބުމަށް މަގުފަހިވީ އޯވަރީގެ ސަބަބުން ކަމަށްވާތީ އެއީ އޭނާއަށް ވަރަށް ހާއްސަ ގުނަވަނެއް ކަމަށެވެ.

މި ވާހަކަ އަޑުއެހުމަށްފަހު ކިމް ކާޑޭޝަން ބުނެފައި ވަނީ އޭނާގެ މަންމައަށް ކުރެވެމުންދާ އިހުސާސްތައް އޭނާއަށް ވެސް ކުރެވޭ ކަމަށާއި މަންމަ ތަހައްމާލު ކުރާނެ ވޭން ހިތަށް ވެސް ނުގެނެވޭނެ ކަމަށެވެ.

މިހާރު އުމުރުން 68 އަހަރުގެ ކްރިސް ޖެނާ ވަނީ މީގެ ކުރިން އޭނާގެ އުނަގަނޑު ބަދަލުކުރުމަށްޓަކައި ވެސް ސާޖަރީއެއް ކޮށްފަ އެވެ.

އޭނާގެ ދަރިންގެ ތެރޭގައި މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ސްޓާރުން ކަމަށްވާ ކިމް ކާޑޭޝިއަންގެ އިތުރުން ކެންޑަލް ޖެނާ، ކައިލީ ޖެނާ، ކްލޯއި ކާޑޭޝިއަން ހިމެނެ އެވެ.