މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ރާއްޖޭގެ މާލީ ހާލަތު އޮޅުންފިލުވުމަށް ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.
ގަވަރުނަރާ އެކު އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކޮމިޓީގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރު އެވެ.
ގަވަރުނަރު އަލީ ހާޝިމް މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ސަރުކާރު މެންބަރުން ތުހުމަތު ކުރައްވަފައި ވެއެވެ. އަދި ގަވަރުނަރު ވަކި ކުރުމަށް ރައީސަށް ލަފާދިނުމަށް ވެސް ނިންމާފައި ވެ އެވެ.
ގަވަރުނަރާ އެކު އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް އެ ބައްދަލުވުމަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގަވަރުނަރު ކަމަށް އަލީ ހާޝިމް ހަމަޖެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައެވެ. އަލީ ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008-2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
އެމެރިކާއަށް ވޯލްޑް ކަޕް ލިބިއްޖެނަމަ ހަނދަށް ބޯޅައެއް ފޮނުވަނީ!